މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ 13 ކުންފުންޏަކަށް ގެއްލުންވެފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނެފިއެވެ.
ޕީސީބީން އާންމުކޮށްފައިވާ "ސަމަރޭ އޮފް ކުއާޓަލީ ރިވިއު ކިޔު-1 2025" ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.
އެ ކުންފުނިތަކަކީ:
- ފެނަކަ ކޯޕަރޭޝަން - މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 33.72 މިލިއަން ރުފިޔާގެ ގެއްލުން
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) 17.55 މިލިއަން ރުފިޔާގެ ގެއްލުން
- ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) 113.73 މިލިއަން ރުފިޔާ
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (މޯލްޑިވްސް ޕޯސްޓް) 2.26 މިލިއަން ރުފިޔާގެ ގެއްލުން
- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) 5.72 މިލިއަން ރުފިޔާގެ ގެއްލުން
- މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) 7.15 ރުފިޔާގެ ގެއްލުން
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން 6.60 މިލިއަން ރުފިޔާގެ ގެއްލުން
- ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) 3.65 މިލިއަން ރުފިޔާގެ ގެއްލުން
- ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) 14.05 މިލިއަން ރުފިޔާގެ ގެއްލުން
- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން 10.55 މިލިއަން ރުފިޔާގެ ގެއްލުން
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ 19.66 މިލިއަން ރުފިޔާގެ ގެއްލުން
- އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) 46.36 މިލިއަން ރުފިޔާގެ ގެއްލުން
- އާސަންދަ ކޮމްޕެނީ ލިމިޓެޑް 0.33 މިލިއަން ރުފިޔާގެ ގެއްލުން
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާވި ސަރުކާރު ހިއްސާވާ ކުންފުނިތައް:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) 497.05 މިލިއަން ރުފިޔާގެ ފައިދާ
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) 86.63 މިލިއަން ރުފިޔާގެ ފައިދާ
- ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) 15.71 މިލިއަން ރުފިޔާ
- މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) 16.12 މިލިއަން ރުފިޔާގެ ފައިދާ
- ވޭސްޓު މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) 42.54 މިލިއަން ރުފިޔާގެ ފައިދާ
- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) 268 މިލިއަން ރުފިޔާގެ ފައިދާ
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) 571.83 މިލިއަން ރުފިޔާ
- ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) 168 މިލިއަން ރުފިޔާގެ ފައިދާ
- ދިރާގު 233.34 މިލިއަން ރުފިޔާ
- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) 33.03 މިލިއަން ރުފިޔާ
- މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) 75.64 މިލިއަން ރުފިޔާގެ ފައިދާއެއް
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) 22.70 މިލިއަން ރުފިޔާގެ ފައިދާއެެއް
- މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) 3.38 މިލިއަން ރުފިޔާގެ ފައިދާއެއް
- މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) 9.93 މިލިއަން ރުފިޔާގެ ފައިދާއެއް
ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ހިއްސާ ކުންފުނިތަކުގެ ޖުމްލަ އެެސެޓް މިއަހަރުގެ ފުރަތަމަ ކުއާޓަރަށް އައި އިރު ހުރީ 205.24 ބިލިއަން ރުފިޔާގައެވެ. މުވައްޒަފުންގެ އަދަދު 37،900 އަށްވުރެ މައްޗަށް އަރައެވެ.
ސަރުކާރު ކުންފުނިތަކަށް މިއަހަރު ފުރަތަމަ ކުއާޓަރުގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ސާފު ފައިދާއަކީ 1.76 ބިލިއަން ރުފިޔާއެވެ.
މުހައްމަދު އިޝާން
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް