މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިިފިއެވެ.

އެމްޓީސީސީން މިރޭ ބުނީ އެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވާ ދުވަހުގެ ރޭގަނޑު 20:30 ގައި ކަމަށެވެ. ބައްދަލުވުން ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހިވޯޓް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އެހެންކަމުން، ޖަލްސާގައި ބައިވެރިވާން އެދޭ ހިއްސާދާރުން މި މަހުގެ 27 ވާ ދުވަހުގެ ރޭ 20:30 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި އަހަރުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް:

  • 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޑިވިޑެންޑް ފާސްކުރުން.
  • 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރަކު އައްޔަންކުރުމާއި، އެ ފަރާތުގެ އުޖޫރަ ކަނޑައެޅުން.
  • ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުން އިންތިހާބުކުރުން.

އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ވީހާވެސް ގިނަ ހިއްސާދާރުންނަށް ފަސޭހަކަމާއެކު މި ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.