މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަކީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. ޖުމުލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑެވެ.
އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ރިޔާސީ އިންތިހާބެއް ބޭއްވީ 2008 އެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެންނެވި އިރު، 2013ގެ އިންތިހާބުގައި ވާދަކުރެއްވީ ހަތަރު ކެންޑިޑޭޓުންނެވެ. އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ސައްހަ ނޫން ކަމަށް ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޯމެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ އެ ނިންމުން ރަނގަޅު ކަމަށެވެ. އެއާއެކު ޔާމީނަށް ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިފައެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި 282،395 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައިވެއެވެ. އަދި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން، އިންތިހާބަށް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. ވޯޓު ލުން ފެށޭނީ މިއަދު ހެނދުނު 8:00 ޖަހާއިރެވެ. ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 4:00 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ލައިވް ބްލޮގް
ލައިވް ބްލޮގް
ލައިވް ބްލޮގް
ލައިވް ބްލޮގް