ޚުލާސާ
ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އިންޑިއާއާއި ޕާކިސްތާން ވާދަކުރާ މެޗުގެ "ލައިވް ބްލޮގް"އަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރު. އެޓީމުން ތާރީހު ލިޔެލަން ނުކުންނަ އިރު، އިންޑިއާއަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު. އިންޑީއާއިން ވަނީ މިހާތަނަށް ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި. އޭގެ ތެރެއިން ފުރަތަމަ ކާމިޔާބުކުރި 1993 ވަނަ އަހަރު މުބާރާތަކީ ލީގު އުސޫލުން ކުުޅުނު މުބާރާތެއް.
އިންޑިއާއިން މިރޭ ނުކުންނަނީ 13 ވަނަ ފައިނަލަށް. މިދިޔަ ދެ އަހަރުވެސް އިންޑިއާއިން ތަށި ނެގި އިރު، މިއީ އެޓީމަށް ޖެހިޖެހިގެން 10 ވަނަ ފައިނަލް.
މިފަހަރުގެ މުބާރާތް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ އިރު، މުބާރާތް ކުޅެމުން ދަނީ ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި. މިއީ ބަންގްލަދޭޝްގައި މުބާރާތް ބާއްވާ ހަތަރު ވަނަ ފަހަރު. މީގެ ކުރިން ބަންގްލަދޭޝްގައި 2003 ވަނަ އަހަރު އެގައުމުން ތަށި ނެގި އިރު، 2009 ވަނަ އަހަރު މިގައުމުގައި ތަށި ނެގީ އިންޑިއާ. އެއީ ފައިނަލުގައި ރާއްޖެ ބަލިކޮށްފައި. އަދި 2018 ވަނަ އަހަރު ތަށި ނެގީ ރާއްޖެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް މުޅިން އާ ތަށްޓެއް ސާފުން ވަނީ ތައާރަފު ކޮށްފައި.
ކޮމެންޓް