ޚުލާސާ

ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އިންޑިއާއާއި ރާއްޖެ ވާދަކުރާ މެޗުގެ "ލައިވް ބްލޮގް"އަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި މެޗަށް ނުކުންނަ އިރު ރާއްޖެ އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން 3-0 އިން ބަލިވެފައި. އިންޑިއާއިން އޮތީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައި. މިއަދު މެޗުން ޕޮއިންޓަކާއެކުވެސް އިންޑިއާއަށް ސެމީ ޔަގީންވާނެ. އަދި ރާއްޖެ ކައިރިން ތިން ގޯލްގެ ފަރަގަކުން ބަލިނުވެއްޖެ ނަމަވެސް، އިންޑިއާއަށް ސެމީއަށް ދެވޭނެ. ރާއްޖެއަށް އޮތީ ތިން ގޯލްގެ ފަރަގަކުން އިންޑިއާ ބަލިކުރުން.

ރާއްޖޭން އެންމެފަހުން 2023 ވަނަ އަހަރު ބެންގަލޫރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުންވެސް ކެޓީ ގްރޫޕް ސްޓޭޖުން. އިންޑިއާއަކީ އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން.

މިއަދުގެ މެޗުވެސް ކުޅެވިގެންދާނީ ބަންގްލަދޭޝްގެ ޑާކާގެ ޑާކާ ނޭޝަނަލް ސްޓޭޑިއަމްގައި.

5 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ކުޅޭ ޑާކާ ނޭޝަނަލް ސްޓޭޑިއަމް --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ