ޚުލާސާ

ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ޕާކިސްތާން ވާދަކުރާ މެޗުގެ "ލައިވް ބްލޮގް"އަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިހާތަނަށް މުބާރާތުގައި ޕާކިސްތާނުން ވަނީ މެޗެއް ކުޅެފައި. އެއީ އިންޑިއާއާ ދެކޮޅަށް. އެމެޗު ޕާކިސްތާނަށް ނާކާމިޔާބުވީ 2-3 ގެ ނަތީޖާއަކުން. މިއީ ރާއްޖެއާއި ޕާކިސްތާނުގެ އަށްވަނަ ކުރިމަތިލުން. މިހާތަނަށް ރާއްޖޭން ހަތަރު މޮޅެއް ހޯދާފައިވާ އިރު، ދެ މެޗެއް އެއްވަރުވި. ޕާކިސްތާނުން ރާއްޖެ ބަލިކުރީ 2006 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދާދިފަހުން މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި. އެންމެފަހުން މެޗުގައި ޕާކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ މިއަހަރު ޖޫން މަހު.

މިއަދުގެ މެޗުން މޮޅު ރާއްޖެއަށް ސެމީ ޔަގީން ކުރެވޭނެ. ޕާކިސްތާނަށް މުބާރާތުގައި ކުރިއަށްދާން މޮޅެއް މުހިއްމު. ބަލިވެއްޖެނަމަ ކަޓާނެ.

މިފަހަރު ސާފް ޗެމްޕިއަންޝިޕް މެޗުތައް ކުރިއަށްދަނީ ބަންގްލަދޭޝްގެ ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި. މިއީ ކުރިން ބަންގަބަންދު ސްޓޭޑިއަމް.

5 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ކުޅޭ ޑާކާ ނޭޝަނަލް ސްޓޭޑިއަމް --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ