އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ޖުމުލަ 8 ރަށެއްގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ދާދި ދެންމެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީ އާއި، ގދ. ތިނަދޫ އާއި، ލ. ގަމާއި، ގއ. ދާންދޫ އާއި، އދ. މާމިގިއްޔާ، ފ. ނިލަންދޫ އަދި އެއަތޮޅު ފީއަލީގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ދުއްވާ އެއްޗިހި ދުއްވުމާއި މިހުން ބޭރަށް ނިކުތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ ކޮވިޑު ބަލި އެންމެ ހަލުވި ކަމާއެކު ފެތުރެމުންދާ ރަށްތަކުގައެވެ.
މި ރަށްތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި އާންމުން ބޭރަށް ނުކުތުން މަނާ ކުރި ނަމަވެސް ފުލުހުންނާއި ސިފައިން، ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވެހިކަލް ތަކާއި، އެމްބިއުލާންސް އަދި ޓާސްކްފޯހުން ދޫކުރާ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަޖެންސީ ސިއްހީ ހިދުމަތް ހޯދަން ޖެހޭ ފަރާތްތަކަށް ބޭރުގައި އުޅުމުގެ ހުއްދަ އޮންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ތަކެތި ޑެލިވާ ކުރުމުގައި ކާފިއު ވަގުތުގައި ފުލުހުން ދޫކުރާ ހުއްދަޔާއެކު ޑެލިވަރީ ހިދުމަތް ދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބު ދެވޭނެ ކަމށްވެސް ވަނީ ބުނެފަ އވެ. އެގޮތުން އުސޫލުތަކާއި ހިލާފުވާ ފަރާތްތަށް މީގެ ކުރިންވެސް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފަ އެވެ.
މީގެ ކުރިންވެސް އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ތިނަދޫގައިވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ރާއްޖެގައި ހަލުވި ކަމާއެކު ކޮވިޑު ބަލި ފެތުރެމުންދާއިރު މި ބަކި ފެތުރެމުންދާ 74 ރަށެއް މިހާރުވެސް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފަ އެވެ.
މި ބަލީގައި އިއްޔެ އެކަނިވެސް 13 މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 142 އަކަށް އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު