މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަންތަކުގައި އައްޑޫ ހުޅުދޫގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފިއެވެ.
ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރުއާ ވާދަކުރައްވައިގެންނެވެ.
މިއަދު ކުރިއަށް ދިޔައީ އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގެ އިތުރުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަން އަދި ހއ. ވަށަފަރު، ވ. ތިނަދޫ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަނެވެ.
އެގޮތުން ހއ. ވަށަފަރާއި ވ. ތިނަދޫގެ ދެ ގޮނޑި ވެސް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަށަފަރުން ހޮވިފައި ވަނީ އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމްއެވެ. އޭނާ ވާދަކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒް އަހުމަދެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމާ ވާދަކުރައްވައި ތިނަދޫ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓު ޒީނާ އަހުމަދެވެ.
ތިނަދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ ޕާޓީ ބަދަލުކުރުމާ ގުޅިގެން ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑި ގެއްލުނު ޝުޖާއު އަލީއެވެ.
ކޮމެންޓް