ކުޅުދުއްފުށި ސިޓީން ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޅުދުއްފުށިން މީގެ ކުރިން ޕޮޒިޓިވްވި މީހުންނާ ގުޅުމެއް ނެތް ފުލުހެއް ކުޅުދުއްފުށިން ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ހިމެނޭ ގޮތަށް، ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވި ފުލުސް މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކުޅުދުއްފުށީގައި ހުއްޓާ ކަމަށާއި ނަމަވެސް އެކި މަސައްކަތްތަކުގައި އޭނާ ވަނީ ކުޅުދުއްފުށީގެ އިތުރުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އަނެއް ފަސް ރަށަށްވެސް ދަތުރުކޮށްފައި ކަމަށް ވިދާޅުވިއެވެ.
"ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި. ހދ. ކުރިނބީ އަދި ށ. ފުނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. މި ރަށްރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ ފުލުހުންގެ ބޭފުޅަކު މާލެއަށް ޓްރެވެލްއެއް ނެތް ބޭފުޅަކު ޕޮޒިޓިވްވެގެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެމީހާއަކީ ފަހުގެ ތާރީހެއްގައި މާލެ އައިސްފައިވާ މީހެއް ނޫން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު