ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފިއެވެ.

އެ މާގަމަށް ޒަރީރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވީ މޫސާ ޒަމީރު އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ.

ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރި އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވުމަށް އެދިގެންނެވެ،

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރުކަމުގެ ހުވައި ޒަރީރަށް ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ހުވާ ކުރެއްވުމަށްފަހު، ޒަރީރު ވަނީ މަގާމުގެ އިގްރާރުގައި ސޮއިކުރައްވައިފައެވެ.