ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫން ރަސްމީކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ބައިވެރިވެވަޑައިގެންނެވިއެވެ. ޕޭޕަލް ރާއްޖެއަށް ގެނައުމަކީ މި ސަރުކާރުން އިގުތިސޯދީ ގޮތުން ހާސިލުކުރަން ކަނޑައެޅި މުހިންމު ލަނޑުދަނޑިއެކެވެ.
ޕޭޕަލްގެ ވިތުޑްރޯވަލް ހިދުމަތް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ރަސްމީކޮށް މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސް ވެރިންނާ ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.
ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ކަނޑައެޅުމަށް ފަހު، އެ ކުންފުނިން ވަނީ އެންޓި-މަނީ ލޯންޑްރިންގެ މިންގަނޑުތައް ހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ދޫކޮށްފައިވެއެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިހާރު ރާއްޖޭގެ ގިނަ ފްރީލާންސް މަސައްކަތްތެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާ ފޮނުވުމާއި ލިބިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ނަމަވެސް ޕޭޕަލްގެ ހިދުމަތް ލިބުމުން، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަލީ ޔާމިން
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކޮމެންޓް