އއ. ހިމަންދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަރުވެފައިވަނީ ހއ. އުލިގަމު، އުމުރުން 33 އަހަރުގެ އަހުމަދު އާސިފްއެވެ.
ފުލުހުން ދެންމެ ބުނީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތަ ވަގުތުން ފަށާފައިވާ ކަމަށެވެ.
އެގޮތުން، އެ ފުލުސް މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އޭނާ ފެނިފައިވަނީ މޫދު އަޑިން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފއިވާ ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، މަރުވި ފުލުސް އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފުލުހުން އަންނަނީ ފޯރުކޮށްދެމުންނެވެ. މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އާސިފަކީ މަސައްކަތް ކުރަނީ މާލޭގައި ޑްރަގް އެންފޯސްމަންޓު ޔުނިޓުގައެވެ. އޭނާ ހިމަންދުއަށް ދިޔައީ އެރަށުގައި ހިންގި ޑްރަގ އޮޕަރޭޝަނަށްށެވެ. އޭނާއަކީ އެ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު