މާލެ ސަރަހައްދުގެ މަގުތަކުގެ ތޮންޖެހުން ހައްލުކުރުމަށް ބާ އެއްގަމު އުޅަނދު ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށި އެ ޕްރޮގްރާމުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދުވަހުން ދުވަހަށް ގިނަވަމުންދާ އެއްގަމު އުޅަނދުތަކުގެ ސަބަބުން މަގުމަތި ބާރުބޮޑުވެފައި އޮތް އޮތުމަށް ހައްލު ގެނެސް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ބާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެކަމާ ގުޅުންހުރި އިދާރާތައް ހިމެނޭ ގޮތުން އާބަން ޓެރެފިކާ ގުޅުން ހުރި ކޮންޖެސްޝަން މެނޭޖްމަންޓް ކޮމެޓީއެއް އެކުލަވާލި ކަމަށެވެ. އެ ކޮމިޓީން ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރެވިދާނެ ކަންކަން ކަނޑައަޅައި އެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން އެ މަސައްކަތްތައް ކުރުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ، އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ބެލެވޭ ކުނި ނެގުން
- ވޮލަންޓިޔާކޮށް އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތައް ގާނޫނު ބުނާ ގޮތަށް ޓޯކޮށް ނައްތާލުން
- ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތައް މަގުމަތިން ނެގުން
ޚަބަރު
ޚަބަރު
ޚަބަރު