28 ނަރުހަކަށް މިދިޔަ ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަނުޖެހޭ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެޗްޕީޔޫ އިން މިކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ޔޫނިއަނުން މިއަދު ކުރި ޓުވީޓެއްގަ އެވެ.
އެމްއެޗްޕީޔޫ އިން ބުނެފައިވާ ގޮތުގައި ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ނުލިބޭ 28 ނަރުހުންނަކީ ބިދޭސީ ނަރުހުންނެވެ.
"ބިދޭސީ 28 ނަރުހަކަށް ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވާ ކަމީ މި ޔޫނިއަން އިން ކަންބޮޑުވާ ކަމެކެވެ. ވީ އެންމެ އަވަސް ފުރުސަތެއްގައި މި ފަރާތްތަކުގެ މުސާރަ ހަމަޖެއްސުމަށް ގޮވާލަން." މިނިސްޓްރީ އޮފް ފައިނޭންސާއި މިނިސްޓްރީ އޮފް ހެލްތު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޓެގްކޮށް އެމްއެޗްޕީޔޫ އިން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވެއެވެ.
މި ކަމާ ގުޅޭ ގޮތުން ރަސްމީ މުއައްސަސާއެއްގެ ބަސް ހޯދުމަށް "ވަން" އިން ކުރި މަސައްކަތް ވަނީ މި ހަބަރު ޝާއިއު ކުރުމާ ހަމަޔަށް ކާމިޔާބު ނުވެފަ އެވެ. ހެލްތުން ބުނީ މި ކަން ބައްލަވައިވައި މައުލޫމާތު ދެއްވާނެ ކަމަށެވެ.
އެމްއެޗްޕީޔޫގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫސް މިހާރު ގައި ބުނެފައިވާ ގޮތުގައި މި މުސާރަތައް ލަސްވެފައި ވަނީ ސިސްޓަމް ތެރެއިން ދިމާވެގެން އުޅޭ މައްސަލަތަކެއްގެ ސަބަބުންނެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން ރަސްމީ ބަހެއް އަދި ބަޔާނެއް އަދި އާންމު ކުރައްވައިފައެއް ނުވެއެވެ.
ނަރުހުން
ނަރުހުން
ނަރުހުން