އައިޖީއެމްއެޗުން، ހޯމްނާސިންގެ ހިދުމަތް ދިނުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
އައިޖީއެމްއެޗުން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އަލަށް ތައާރަފްކުރާ ހޯމްނާސިން ކެއާގެ ހިދުމަތް ދިނުމަށާއި، ހޮސްޕިޓަލުން އެކިއެކި ދަތުރުތަކުގައި ބޭނުންކުރުމަށް ފަސް ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ނަމަވެސް ހޯމްނާސިން ކެއާގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ތާރީހެއް އައިޖީއެމްއެޗުން ނުބުނެއެވެ.
އެ ހޮސްޕިޓަލަށް ބޭނުންވަނީ ދެ އެއާ ބްލޭޑާއި ތިން ސްކޫޕީކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެހެންވެ، ސައިކަލް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުހެ 14 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގައިކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗް
ހިދުމަތް ފެށީމައި ، ގޭގައި ބަލި އެނދުގައި އޮންނަ އަނބި މީހާއަށް އައިވީ އިންޖެކްޝަން އެއް ދޭން އަންނަ އަންހެން ނަރުސް ކުއްޖާ އައިވީ ގުޅައިފައި ފުޅި ހުސްވަންދެން ފޫހި ފިލުވަން ފިރިމީހާ އާއި އެކު އަނގަތަޅައި ، ދެތިން ދުވަސް ފަހުން ލޮތްބަށް ބަދަލުވެ ކަންތައް ގަނޑު ހިނގާނެ.. އަވައްޓެރި އިންޑިޔާއިން ފެންނަ ކަންކަން މިއީ..
ޢަސްލު ވާ - 6 މަސް ކުރިން