ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަންޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭޢްވި ރިޔާސި އިންތިހާބު 2023ގެ ނަތީޖާއަށްފަހު، މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ މައްޗަށް ރިޔާސީ އިންތިހާބުގައި ހޯއްދެއްވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް ރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
" ހިދުމަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ހަމަހަމަކާ އެކު، ގައުމީ މަސްލަހަތު އިސްކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލަން، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑިޕީ އޮތުމަށް މަރުހަބާ ކިޔާނަން" ކަމަށް އންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރަށް ނުވަތަ އެމްޑީޕީއަށް، 17 ނޮވެމްބަރަށް ފަހު އިދިކޮޅު ޕާޓީއަށްވާ ޕާޓީއަށް، ދަންނަވާލަން ބޭނުންވަނީ މިއީ ޑިމޮކްރަސީ ކަމަށެވެ. އެގޮތުން ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން، ޑރ. މުއިއްޒު އަށް މަރުހަބާކީ ގޮތަށް އެމްޑީޕީއަށް ޝުކުރުއަދާކޮށް އަދި އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވި ކުރެއްވުމަށްވެސް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ޝުކުރު އަދާކުރާކަމަށެވެ.
ހައެއާއިއެކު ޑރ. މުއިއްޒު ވިދާޅުވީ " އަޅުގަނޑު އެދެނީ، ރެސްޕޮންސިބަލް އޮޕޮޒިޝަންއެއްގެ (ޒިންމާދާރު އިދިކޮޅު ބައެއްގެ) ގޮތުގައި (މަސައްކަތް ކުރުމަށް) ތިޔަ ބޭފުޅުން ތައްޔާރުވާށޭ. އެއީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެކޭ، ރެސްޕޮންސިބަލް އޮޕޮޒިޝަންއަކުން ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިޔާނެ. އަދި އެއަށް ވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ. އެހެން ނަމަވެސް ގައުމަށް މުހިންމު ކަންކަމުގައި ގައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޮންސިބަލް އޮޕޮޒިޝަންއަކުން އެއްގަލަކަށް އަރާނެ. އެގޮތަށް އެކަން ކޮށްދެއްވުމަށް އަޅުގަނޑު އެދެން." ކަމަށް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޑރ. މުއިއްޒު އިތުރަށް ވާކަހަދައްކަމުން ވިދާޅުވީ، ޑިމޮކްރަސީއެއްގައި ސަރުކާރު ރަނގަޅަށް ހިންގުމަށް ޒިންމާދާރު އިދިކޮޅެއް އޮންނަން ބޭނުންވާ ކަމުގައެވެ. އަދި ސަރުކާރަށް ފާޑުކިޔަސް، ގައުމީ ކަންކަމުގައި އެމްޑީޕީ (އިދިކޮޅުޕާޓީ)އިން ވެސް ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމުކަމުގައެވެ.
"އަޅުގަނޑަށް ވޯޓު ނުދެއްވަވައި، އަޅުގަނޑާ ހިޔާލު ތަފާތުވި ބޭފުޅުން ވެސް މި ޝުކުރުގައި ހިމަނަން ބޭނުން. އެ ބޭފުޅުންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުން. ސަބަބަކީ އަޅުގަނޑު ހިދުމަތް ކުރާނީ އެއްވެސް ރައްޔިތެއް ތަފާތުނުކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ކަމަށްވާތީ ކަމަުގައި" ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތުހާބުގައި، ރާއްޖޭގެ ރައްޔިތުން އިސްކުރީ އެ މަސްލަހަތު ކަމަށް ޑރ. މުއިއްޒު ފާހަގަ ކުރައްވާ އިތުރަށް ވިދާޅުވީ، ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި އެގޮތުގެ މަތިން ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ވެރިކަން ކުރައްވާނެ ކަމަށެވެ.
ގައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށާއި އިންސާފުވެރި، އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރާނެ ކަމަށާއި އަދި ވެރިކަމުގައި ކޮންމެ ދުވަހެއްވެސް އިރުއަރާނީ އެގޮތުގައި ކަމަުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު