ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީގައި އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ތިބި އަށް ކެންޑިޑޭޓުންނަށް ބަލާއިރު, ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އަދި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑާޝިޕެއް އޮތީ އެމްޑީޕީގެ ކޯލިޝަންގައި ކަމަށެވެ.
އަދި އެ މަނިކުފާނުގެ އެއްވެސް އަމިއްލަ އެދުމެއް އަދި ބޭނުންވާ އެއްވެސް އެއްޗެއްވެސް ނެތް ކަމަށާއި ކޯލިޝަން ޕާޓްނަރުންވެސް ތިއްބެވީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަމިއްލަ އެދުމެއް ނެތް. އަމިއްލައަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތް. ސިޔާމެއް ބޭނުންފުޅުވަޑައެއް ނުގަންނަވާ ފަޅެއް. ރަށެއް. ފުދިފަ ހުންނެވީ. އަދާލަތު ޕާޓީ މި ތިއްބެވީ. ހަމަ އެހެން ތިއްބެވީ. މި ކޯލިޝަނަކު ނެތް މި ދަންނަވާހެން. ފަޅެއްގެ ބޭނުމުގައި, ރަށެއްގެ ބޭނުމުގައި ނޫނިއްޔާ ސަރުކާރަށް ދައްކަންޖެހޭ ފައިސާ މާފުކުރަން އެދޭނެ އެއްވެސް މީހެއް. އަޅުގަނޑުމެންގެ އޮތީ އެންމެ މަގުސަދެއް. ރައްޔިތުންނަށް ހިދުމަތް ކުރުން. ފަށާފައިވާ މަސައްކަތްތައް ނިންމުން. އިތުރު ހުރި މަސައްކަތްތައް ފަށައި, ނިންމުން," ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު