ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަނީ ސިޔާސީ ހަމަނުޖެހުން އުފައްދަން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރަސްމާލެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާާޅުވީ، އީގަލް ހިލްސް ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ތަނަވަސް ކަމާއި އުފާފާގަތިކަމާ ގުޅުންހުރި ޕްރޮޖެކްޓެއް ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ޕްރޮޖެކްޓާ ދެކޮޅު ހަދަނީ އެ ފަސޭހަތަކާއި އުފާވެރިކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމާ ދެކޮޅަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެ ޕްރޮޖެކްޓާ ދެކޮޅަށް ސިޔާސީ މީހުން ވާހަކަ ދައްކަނީ، ރާއްޖޭގައި ސިޔާސީ ހަމަނުޖެހުމެއް ހިންގަން ކަމަށެވެ.

ނަމަވެސް އެފަރާތްތަކުން ބޭނުންވާ ސިޔާސީ ހަމަނުޖެހުން ނޫފެއްދޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

"އީގަލް ހިލްސް ޕްރޮޖެކްޓާ ބެހޭގޮތުން އަޅުނަޑަށް ގަބޫލު ކުރެވޭގޮތުގައި ސިޔާސީ މީހުން އުފައްދަން މިއުޅޭ ސިޔާސީ ހަމަނުޖެހުމެއް ނޫފެއްދޭނެ. މައިގަނޑު ސަބަބަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވަރަށް ސާފުކޮށް، ތަފްސީލްކޮށް، އެބަ އެނގިވޑައިގަންނަވާ މިވަރުގެ ވަރުގަދަ ޕްރޮޖެކްޓެއް ރާއްޖެއަށް އައިސްފި ކަމަށްވަންޏާ މި ކުޑަ ކުޑަ ގައުމަށް އާދަޔާ ހިލާފް ކުރިއެރުންތަކެއްލިބި އުފާ ފާގަތިކަން ކުރިއަށް އޮތްތަނުގައި ލިބިގެންދާނެކަން،"