ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ޕާކިސްތާނުން ރާއްޖެއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް ޑރ. މުހއްމަދު މުއިއްޒު އެގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ގުޅިގެން ދެއްވި ބަޔާނުގައެވެ.
ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް އޮތް ގައުމެއް ކަމަށެވެ. އަދި ރާއްޖެއާއެކު ސޮއިކުރެވުނު 20 އެއްބަސްވުމަށް އަމަލުކުރާކަން ޔަގީންކުރުމަށް ހާއްސަ އިސްކަމެއްދެއްވާނެކަމަށް ވިދާޅުވިއެވެ.
"ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއިން ޕާކިސްތާނާއެކު ކުރާ ވިޔަފާރީގެ އަދަދު ހުރީ 13.9 މިލިއަން ޑޮލަރުގައިކަން ފާހަގަކުރައްވައި ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، އެ އަދަދު ދެ އަހަރުގެ ތެރޭގައި 200 މިލިނަން ޑޮލަރަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 100،000 ގަހާއި 100،000 މުޑުވަށް ހަދިޔާކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެ ގައުމާއެކު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް