އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން ބައިކުޅަބައި ލިބިފައި ތިބި މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް، އެފަރާތްތަކަށް ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށް ވެރިކަން ކުރާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެންމެ އިސް ފަރާތް ކަމަށްވާ، ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިިނިސްޓަރު އަހުމަދު އަދީބު އަބުދުލްޣަފޫރު އޭނާގެ މައްޗަށް ހުށަހެޅި ހަތް ދައުވާއަށް އިއްޔެ އިއުތިރާފު ވެވަޑައިގަތުމާ ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ނަންތައް ހާމަކޮށް އެފަރާތްތަކަށް ޝަރީއަތްކޮށް އިންސާފު ގާއިމް ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެޅޭނެ ކަމަށެވެ.
ނަމަވެސް އެ ބަދުނާމު އެޅެން އެމްޑީޕީން ބޭނުން ނުވާ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިއުތިރާފުވެ ވާހަކަ ދައްކަވަމުން، އަދީބު އިއްޔެ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި މަޖިލިސް މެންބަރުންނާއި މުއައްސަސާތަކުގެ އިސްފަރާތްތައް ޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާގެ މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުތަކުގައި އެފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.
އަދީބު އެހެން ވިދާޅުވި އިރު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހޭދަކޮށް މިހާރު އޮތް 19 ވަނަ މަޖިލީހުގައި ތިބި ގިނަ މެންބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް