ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ކެމްޕޭން ބިލްބޯޑުތަކަށް ގެއްލުން ދިން މައްސަލަ ހުށަހަޅައިފިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހަސަން ލަތީފް ވާދަކުރައްވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. ނަމަވެސް މިފަހަރު އޭނާ ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
ހަސަން ލަތީފް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި، ބިލްބޯޑުތަކަށް ގެއްލުން ދިން މައްސަލަ ކުށްވެރިކުރައްވަމުން ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ހަސަން ލަތީފް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަމަށް 2019ގެ އިންތިހާބުގައި ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަގަނޑުގެ ތެރެއިން އެ ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި ހަސަން ލަތީފް ވަނީ އިސްކޮށް ހުންނަވައި މަސައްކަތްކުރައްވައިފައެވެ. އަދި މިހާރު އެ ޕާޓީގެ ރައީސަކީ ވެސް ހަސަން ލަތީފެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. ހަސަން ލަތީފްގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) އާއި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަލީ އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އަދި އަމިއްލަގޮތުން ވާދަކުރައްވާ ނާއިފް ޝައުކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު