އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަސައްކަތަށް އިންޑިއާއިން ގެނައި ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފް ސާދާތު "ވަން" އަށް ކަށަވަރުކޮށްދީފައި ވެއެވެ.
އެގޮތުން ޕޮލިސް އެކަޑެމީގެ މަސައްކަތަށް އިންޑިއާއިން ގެނައި 128 މީހެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާ ކަމަށް ޝާދާތު ވިދާޅުވިއެވެ. އަދި މިހާރު މި ސާމްޕަލްތައް ޕްރޮސެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ސާދާތު ވިދާޅުވީ ހުރިހާ ސާމްޕަލްތައް އަދި ޕްރޮސެސްވަމުން އަންނާތީ މިހާތަނަށް ޕޮޒިޓިވް ވި ޖުމުލަ މީހުންގެ އަދަދު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް މި މައުލޫމާތު މިއަދު މެންދުރު 14:00 ގެ ފަހުން ފޯރުކޮށްދޭނެ ކަމަށް ޝާދާތު ވިދާޅުވިއެވެ.
އައްޑޫގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ހޮނިހިރު އަދި އާދިއްތަ ދުވަހު ސަވައިލެންސް ސާމްޕަލްތަކެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ނަގައިފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19