ކޮވިޑުގެ އާ ވޭރިއަންޓެއް ފެތުރޭތީ ސްރީލަންކާ އެލާޓަށް ގެނެސްފިއެވެ.
ލަންކާގެ ސިއްހީ އިދާރާތަކުން ވަނީ ކޮވިޑުގެ އާ ވޭރިއަންޓެއް ބައެއް ގައުމުތަކުން ފެނި، އެކަމުގެ ނުރައްކާ އޮތްކަމަށް ބެލެވޭތީ އެގައުމު މޮނިޓާކުރުމަށް މަސައްކަތް ފަށައިފައެވެ.
ލަންކާގެ ސިއްހަތާ ބެހޭ އިސް އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ، އާ ވޭރިއަންޓް ފެތުރޭ ގައުމުތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އޮފިޝަލުން ބުނީ ލަންކާއިން އާ ވޭރިއަންޓްގެ ކޭސްއެއް އަދި ފެނިފައި ނުވާ ކަމަށާއި މިހާރު ކުރިއަށްދާ މޮނިޓަރިންގައި އެކަން ކަށަވަރުވެގެން ދާނެ ކަމަށެވެ.
''ސިކޭޑާ'' ނަމުން ނަން ދީފައިވާ ކޮވިޑްގެ އާ ވޭރިއަންޓް 2024 ވަނަ އަހަރު އެފްރިކާގެ ބައެއް ގައުމުތަކުން ފެނިފައިވާ އިރު، އޭގެ ފަހުން މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 23 ގައުމަކުން ފެނިފައިވެއެވެ.
''ސިކޭޑާ''ގެ ނުރައްކާ މިފަހުން ބޮޑުވެފައި މިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެެމެރިކާއިން ކޭސްތައް ފެންނަން ފެށުމުންނެވެ.
ސިއްހީ މާހިރުން ބުނީ ''ސިކޭޑާ'' ވޭރިއަންޓް އިތުރަށް ބާރުގަދަވެފައިވާ ކަމަށާއި އާ ވޭރިއަންޓްގެ ޓެސްޓުތައް ހަދައި އަންނަ ބަދަލު ބެލުމަށް ތަޖުރިބާކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ