އިންޑިއާގެ އާންދުރަ ޕްރަދޭޝްގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ހަތަރު މީހަކު މަރުވެ، އިތުރު 12 މީހަކަށް ބަލިޖެހިއްޖެއެވެ. ޖޫން 26 އިން ޖުލައި 16 އަށް ރެކޯޑުކުރެވުނު މި ކޭސްތަކާ ގުޅިގެން، އެ ސްޓޭޓުގެ ސިއްހީ އިދާރާތަކުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އާންމުންނަށް އަންގާފައެވެ.
އާންދުރަ ޕްރަދޭޝްގެ ހެލްތު ކޮމިޝަނަރު ޖީ. ވީރަޕާންޑިއަން ވިދާޅުވި ގޮތުގައި، މަރުވި ހަތަރު މީހުންނަކީ ވެސް ކުރީއްސުރެ ހަކުރުބައްޔާއި، ލޭމައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތަކެއް ތަހައްމަލުކުރަމުންދިޔަ މީހުންނެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ކަޑަޕާ ޑިސްޓްރިކްޓަށް ނިސްބަތްވާ މީހުންނެވެ. އަނެއް މީހާއަކީ ކާކިނާޑާ ޑިސްޓްރިކްޓުގެ މީހެކެވެ.
މި ކޭސްތަކާ ގުޅިގެން އާންމުން ހާސްނުވުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި، މިއީ މުޅިން އާ އައުޓްބްރޭކެއް ނޫނެވެ. އަދި މިއީ އެކި ސަރަހައްދުތަކުން ވަކިވަކިން ފެނިފައިވާ ކޭސްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
މި ކޭސްތަކުގެ ސަބަބު ދެނެގަތުމަށާއި، މިއީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއްތޯ ބެލުމަށްޓަކައި، ބަލިޖެހުނު މީހުންގެ ފަސް ސާމްޕަލެއް ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަށް މިހާރު ވަނީ ފޮނުވައިފައެވެ. މީގެ އިތުރުން، ހޮސްޕިޓަލުތަކުގައި ޓެސްޓުކުރުމުގެ ކަންކަން ހަރުދަނާކޮށް، އައިސޮލޭޝަން ފެސިލިޓީތައް ތައްޔާރީ ހާލަތަކަށް ގެނައުމަށް ސްޓޭޓް ސަރުކާރުން ވަނީ ހުރިހާ ޑިސްޓްރިކްޓެއްގެ ސިއްހީ އިދާރާތަކަށް އަންގާފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19
ކޮމެންޓް