ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ އަށް "ޝެއިޚް" ކިޔަން ބޭނުން ނުވާ ކަމަށާއި އޭނާއަކީ ޝެއިހެއް ނަމަ ކޮންމެވެސް ވަރެއްގެ އިހްސާންތެރިކަމެއް ހުންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ މިނިސްޓަރު އިމްރާން ގެންދަވަނީ ފާޅާއި ސިއްރުގައި ރައީސް ޔާމީނަށް ގެއްލުން ދެމުން ކަމަށެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރައީސް ޔާމީނަށް ފެތުމުގެ އިންތިޒާމުތަކާއި އިތުރު ޓީވީ ޗެނަލްތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށާއި އެއީވެސް ދެވޭ އަނިޔާއެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ތަކުރާރުކޮށް ހޯމް މިނިސްޓަރު އަރިހުންވެސް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ޕްރެޒެންޓަރު އިމްރާނަށް ނިސްބަތްކޮށް "ޝެއިހް އިމްރާން" އޭ ވިދާޅުވުމުން ސައީދު ވިދާޅުވީ އިމްރާނަކީ ޝެއިހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭނާއަކީ ޝެއިހެއް ނަމަ ކޮންމެވެސް ވަރެއްގެ އިހްސާންތެރިކަމެއް ހުންނާނެ ކަމަށެވެ.
"އަޅުގަނޑު ތިބަސްވެސް ބޭނުންކުރަން ބޭނުން ނުވޭ، ޝެއިހް، ޝެއިހެއް ނަމަ ކޮންމެވެސް ވަރެއްގެ އިންސާންތެރިކަމެއް ހުންނަންވާނެ. މިއަދު ބައްދަލަވާ ހައްދަވާ ދޮގު. ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ ދެކަމެއް. އެމަނިކުފާނުގެ ލޯޔަރުންނާ ބައްދަލު ކުރެވޭނެ ގޮތް ހައްދަވައިދެއްވާށޭ." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މިނިސްޓަރު އިމްރާން ޖަލުގައި އޮންނެވިއިރުވެސް، އެއްވެސް ހައްގަކުން މަހްރޫމްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު ހޯމް މިނިސްޓަރުކަމުގައި ހުރެގެން ގަސްތުގައި ރައީސް ޔާމީނަށް އަނިޔާވެރިވަމުންދާ ކަމުގައި ސައީދު ވިދާޅުވިއެވެ.
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު