ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުންނެވީ އައިސޮލޭޝަންގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީސަ އައިސޮލޭޝަންގައި ހުންނެވީ، އިޖުތިމާއީ ކޮމިޓިގެ ސެކްރެޓޭރިއެޓް ސްޓާފެއް އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.
މުގައްރިރު އީސަ އަކީ އެ މުވައްޒިފާ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ވެފައިވާ ބޭފުޅެއް ކަަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ގޮތަކަށް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވި ނަމަވެސް މާސްކު އަޅުއްވައިގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލިސް އިދާރާގެ ސެކްރެޓޭރިއޭޓް މުވައްޒަފު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ މުވައްޒަފު ހިމެނެން ޖެހޭ ހުރިހާ ކޮމެޓީ ބައްދަލުވުންތަކެއް ވެސް އިއްޔެ ވަނީ ކެންސަލް ކޮށްފައެވެ. މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލިސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ.