ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން އެކަންކަމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަން ފަށައިފިއެވެ.
މި މުޒާހަރާއަކީ ވޮއިސް އޮފް ޗިލްރަންގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހިންގާ އާންމުންގެ ބަޔަކު ރާވާފައިވާ މުޒާހަރާއެކެވެ. މި މުޒާހަރާ ޖެންޑާ މިނިސްޓްރީ ކުރިމަތީ ފަށާފައިވަނީ މިއަދު 16:00 ގައެވެ.
މި މުޒާހަރާއަކީ މި ދުވަސްކޮޅު ރާއްޖޭގައި ރޭޕްގެ މައްސަލަތައް ފެންމަތިވުމުގެ އިތުރުން، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ބުނެ ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
އެގޮތުން މި މުޒާހަރާގެ ބައިވެރިން ވަނީ ރޭޕް ކުރުން ހުއްޓައިލުމަށް ގޮވާލައިފައެވެ. ރޭޕްގެ އެތައް މައްސަލަތަކެއް ފެންމަތި ވެ، އަނިޔާ ލިބޭ މީހުންނަށް އިންސާފު ނުލިބޭ ކަމަށާއި އެކަމަށް ޒިންމާވާނީ ކާކުތޯ ސުވާލު މުޒާހަރާގެ ބައިވެރީން ވަނީ ސުވާލުކޮށްފައެވެ. ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އަވަސް ކުރުމަށް ގޮވާލައި އަދުލު އިންސާފު ގާއިމު ކުރުމަށާއި ފުލުހުންގެ ޒިންމާ އަދާކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.
މުޒާހަރާގެ ބައިވެރިންގެ ޝިއާރުތައް ހިމެނޭ ބޯޑުތައް މި މުޒާހަރާގައި އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން "ނޯ މީންސް ނޯ"، "ސްޓޮޕް އެބިއުސް"، "ދޭ އާ ނޮޓް އޮބްޖެކްޓްސް" އަދި "ރޭޕް އިޒް ވޯސް ދޭން ކޮރޯނާ" ފަދަ އެކި ޝިއާރުތައް ބޭނުންކޮށްފައި ވެއެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގެ އިތުރުން މި ހަފްތާގައި 13 އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ބައްޕަ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު