ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ފްލެޓަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީއަމާން އުދަރެސްގެ 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ފިރިހެނެކެވެ. އެމީހާގެ ބޯ އޮތީ މެދުން ދެފަޅިވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައެއް މަސްކޮޅުތައް އެ ސަރަހައްދުގެ އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާ މަންޒަރުވެސް ފެނެއެވެ.
އެމީހާ ވެއްޓިފައިވަނީ އަމާން އުދަރެސް 8 ވަނަ ޓަވަރުގެ ކިތައްވަނަ ބުރިންކަމެއް ކަމެއް އަދި ސާފެއް ނޫނެވެ.
"ވަން" ގެ ނޫސްވެރިން ހާދިސާ ހިނގި ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް