ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ދާދި ދެންމެއަކު ހައްޔަރުކޮށްފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ގެއިންނެވެ. މިހާރު އޭނާ ހުންނެވީ ހުޅުމާލޭ ޕޮލިހުގައެވެ.
ދެންމެ ނެރުނު ބަޔާނެއްގައި ފުލުހުން ވެސް ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު (64އ) މިރޭ 9:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.
ޝާހިދު ހައްޔަރުނުކުރަނީސް މީގެ ކުރިން ނޫސްތަކަކުން ރިޕޯޓުކުރުމުން، އޭނާ ވަނީ އެ ހަބަރުތައް ދޮގުކުރައްވައިފައެވެ. އެކްސްގައި އޭރު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު އެ ހަބަރު ދޮގުކުރިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކޮމެންޓް