ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅު ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ދެއްވަދުއާއި ކަނޑުހުޅުދޫ ޖާގަ ހޯދި އިރު، ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ބ. އޭދަފުށިން ރަނގަޅު ފެށުމަކުން މުބާރާތް ފަށައިފިއެވެ.
ގއ. އަތޮޅުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކަނޑުހުޅުދޫން ވަނީ ތަފާތު ބޮޑުކޮށް ވިލިނގިލި ބަލިކޮށްފައެވެ. ރަނގަޅު ފޯމެއްގައި އޮތް ކަނޑުހުޅުދޫން 5-0 އިން ވިލިނގިލި ބަލިކުރި އިރު، ކަނޑުހުޅުދޫގެ ގޯލްތައް ޖެހީ އަހުމަދު ޖަވާދާއި އަހްނަފް ޒާހިރު އަދި އިސްމާއީލް އަންވާރެވެ. ޖަވާދާއި އަހްނަފް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހާފައިވެއެވެ.
ދެއްވަދޫން އަތޮޅު ފައިނަލަށް ދަތުރުކުރީ ގެމަނަފުށި، 4-1 އިން ބަލިކޮށްގެންނެވެ. ގެމަނަފުށީގެ އަންސަދު ހަސަން ގޯލް ޖެހި އިރު، ދެއްވަދޫގެ ގޯލްތައް ޖެހީ އަހްނަފް ރަޝީދު (އަހުއްކޮ) އާއި ނަސޫހު ސައީދުގެ އިތުރުން މީޝަން މުޖީބު އަންވަރެވެ. އަހުއްކޮ މެޗުގައި ދެ ގޯލް ޖެހިއެވެ.
ބ. އޭދަފުށިން މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ކާށިދޫ ބަލިކުރި އިރު، އަތޮޅު ބުރު ރޭ ފެށީ ދަރަވަންދޫ ކައިރިން 5-0 އިން މޮޅުވެގެންނެވެ. އޭދަފުށީގެ ގޯލްތައް ޖެހީ ހުސައިން ޝަރީފް (މުޑާ) އާއި އިމްތިޝާލް އަބްދުލް ރަހީމް އަދި އަލީ ނަސީމެވެ. ހުސައިން ޝަރީފް މެޗުގައި ހެޓްރިކް ފުރިހަމަ ކުރިއެވެ.
އެ އަތޮޅުން ތިން ޓީމު ވާދަކުރަމުންދާ އިރު، އަދި ހުރިހާ ޓީމަކަށްވެސް ފުރުސަތު އެބައޮތެވެ. ލީގު ބުރުގައި ދެން ބާކީ އޮންނާނީ އޭދަފުށިން ފެހެންދުއާ ދެކޮޅަށް ކުޅޭ މެޗެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދު ހަވީރު އޮންނަ މެޗުތައް
16:00 ވ. ފުލިދޫ - ވ. ކެޔޮދޫ
16:00 ސ. މަރަދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)
މިރޭ އޮންނަ މެޗުތައް
20:00 ލ. އިސްދޫ - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)
20:00 ލ. މާވަށް - ލ. ގަން (އަތޮޅު ސެމީ ފައިނަލް)
21:00 ތ. ތިމަރަފުށި - ތ. ގާދިއްފުށި (އަތޮޅު ސެމީ ފައިނަލް)
21:00 ތ. ކިނބިދޫ - ތ. ހިރިލަންދޫ (އަތޮޅު ސެމީ ފައިނަލް)
22:00 އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ސެމީ ފައިނަލް)
22:00 އދ. ދަނގެތި - އދ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)
23:00 ށ. ކަނޑިތީމު - ށ. މިލަންދޫ (އަތޮޅު ސެމީ ފައިނަލް)
23:00 ށ. ފުނަދޫ - ށ. ފީވަށް (އަތޮޅު ސެމީ ފައިނަލް)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް