ގެއަށް ބަދަލުކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފިއެވެ،
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ޔާމީން މާލެ ގެނެސްފައިވަނީ މިއަދު 3:28 އެހާކަންހާއިރެވެ.
އެ މަނިކުފާނު ގެއަށް ބަދަލުކުރާތީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ މަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އަދި ގެންދަނީ އުފާ ފާޅު ކުރަމުންނެވެ.
ޔާމީންގެ ގެއަށް ބަދަލުކުރަން ނިންމާފައިވާ އިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެ މަނިކުފާނުގެ ތާއީދާއެކު ކުރިމަތިލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.