ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
އިސޫއަށް އެޗްޑީސީގެ ވަޒީފާއަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ފުުލުހުން މިރޭ ބުނީ މިރޭ 18:37 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކިބިމުގެ މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވި ކަމަށާއި، އެ ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގައި ތުހުމަތައް 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި އަނިޔާވި 31 އަހަރުގެ މީހާއަކީ އިސޫއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާންއާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އިސޫ ހިމެނެއެވެ. އޭނާގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ ކޮށްފައެވެ.
ނަމަވެސް ދައުވާކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ކުރިމިނަލް ކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް