މިއަދުގެ ވަގުތެއްގައި ލިއޮނަލް މެސީ ކުރިމަގާމެދު ގޮތް ނިންމާނެ ކަމަށާއި، އަނބުރާ ބާސެލޯނާއަށް ދެން ނުދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ އުމުރުން 35 އަހަރުގެ މެސީ، ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެ ނިންމުން މިދިޔަ އޭޕްރީލް މަހު ކްލަބަށްވެސް އަންގާފައިވާ ކަމަށެވެ. ޕީއެސްޖީއާއެކު މެސީ ވެފައިވާ އެއްބަސްވުން މިހާރު ހަމަވެފައިވާ އިރު، މިއަދުގެ ވަގުތެއްގައި އޭނާ ގޮތް ނިންމާނެ ކަމަށް އިތުބާރު ނޫސްވެރިޔާ، ގުއިލެމް ބްލާގު ވަނީ ބީބީސީއަށް ބުނެފައެވެ.
މެސީގެ ޓްރާންސްފާއާ ގުޅިގެން ގުއިލެމް ބުނީ ބާސާގެ ހުށަހެޅުމަކަށް މަޑުކުރަން މެސީ ބޭނުން ނުވާ ކަމަށާއި، ބާސާއަށް ރަސްމީކޮށް ބިޑެއް ކުރެވެން އޮތީވެސް އުނދަގޫ މަގެއް ކަމަށެވެ. ބާސާގެ ވާހަކަ ތަފްސީލުކޮށްދެމުން ގުއިލެމް ބުނީ މެސީ ބާސާއަށް ދާން ބޭނުންވި ނަމަވެސް، ބާސާއިން ހުށަހެޅުމެއް ހުށަހަޅަން ބުނި ވަގުތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މެސީގެ ޓީމުން ބޭނުންވަނީ އިތުރު ވިސްނުމަކަށް ދާން ކަމަށްވެސް ގުއިލެމް ބުންޏެވެ.
މެސީ ސައުދީ އަރަބިއާއަށް ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ އިރު، އެގައުމުން އޭނާއަށް ހުށަހެޅާފައި ވަނީ ބޮޑު ޑީލެކެވެ. އަލް-ހިލާލްގެ އެ ޑީލު ކާމިޔާބުވެފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެފައިވާ އިރު، ގުއިލެމް ބުނީ ސައުދީ ސަރުކާރުންވެސް މެސީއަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ ޑީލަކީ މިހާރު މެސީގެ ޓީމަށް އެންމެ ކަމުދާ ޑީލް ކަމަށްވެސް ގުއިލެމް ބުންޏެވެ.
އޭގެ އިތުރުން ދެން މެސީއަށް އޮތް އަނެއް ހުށަހެޅުމެއްގެ ގޮތުގައި ގުއިލެމް ފާހަގަކޮށްފައި ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީގެ ހުށަހެޅުމެވެ. އިންޓަ މިއާމީގެ ޗެއާމަން، ޑޭވިޑް ބެކަމްއާ މެސީއާ ގާތް ގުޅުމެއް އޮންނަ ކަމަށް ގުއިލެމް ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ މެސީ އެމެރިކާ ލީގަށް ދިޔުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ