މިރޭ ނެގި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކާއި ސްޕެއިންގެ ވަރުގަދަ ބާސެލޯނާ އަދި އިޓަލީގެ އިންޓަ މިލާން އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.
ބަޔާންއިން މިހާތަނަށް ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، އެ ގްރޫޕްގައި ހިމެނުނު ބާސާ ވަނީ ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ދެން ގްރޫޕް ސީގައި ހިމެނޭ އިންޓައިން ތިން ފަހަރަށް ތަށި ނަގާފައިވާ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ޕްލޭޒެންއެވެ.
ބާސާ އާއި ބަޔާނަކީ ޗެމްޕިއަންސް ލީގުގައި ފާހަގަކޮށްލެވޭ ވާދަވެރި މެޗުތަކެއް ކުޅެފައިވާ ދެޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް ބަޔާން އާއި ބާސާ ވާދަކުރަން ޖެހުނު އިރު، އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ބަޔާންއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ބާސާ އާއި ބަޔާންގެ އެންމެ ހަނދާނީ ކުރިމަތިލުމަކީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެ ދެޓީމުގެ ކުރިމަތިލުމެވެ. އެފަހަރު ބަޔާން ވަނީ ބާސާ ލަދުގަންނަވާލައި 8-2 އަކުން އެ ޓީމް ބަލިކޮށްފައެވެ. އޭރު ބަޔާން ޓީމުގެ އެޓޭކްގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ފޯވަޑް ރޮބާޓް ލެވަންޑޯސްކީ މިހާރު ހުރީ ބާސާގައެވެ. އޭނާ ބަޔާން ދޫކޮށްލީ މި ސީޒަނަށެވެ.
އިންޓައަކީ ފަހަކަށް އައިސް ޔޫރަޕްގައި އެންމެ ކާމިޔާބު ޓީމު ނޫން ނަމަވެސް، އެންމެފަހުން ކޯޗު ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރު އިންޓައިން ޗެމްޕިއަންސް ލީގު ނެގީ ފައިނަލްގައި ބަޔާން ބަލިކޮށްފައެވެ. ބަޔާންއިން އެންމެފަހުން 2020 ވަނަ އަހަރު ތަށި ނެގި އިރު، ބާސާއަށް ޗެމްޕިއަންސް ލީގު އެންމެފަހުން ހޯދުނީ 2015 ވަނަ އަހަރެވެ.
އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިމެނެނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އާރްބީ ލެއިޕްޒީގާއި ޝަކްތާ ޑޮނިއެސްކް އަދި ސެލްޓިކެވެ. އެންމެފަހުން އަހަރު ރެއާލްއާ ދެކޮޅަށް ސެމީ ފައިނަލްގައި ކުޅުނު މެންޗެސްޓާ ސިޓީ ގްރޫޕް ޖީގައި ހިމެނުނީ ސެވިއްޔާއާއި ޑޯޓުމަންޑް އަދި ކޯޕަންހޭގަންއާ އެކުގައެވެ. ސިޓީގެ ފޯވަޑް ލައިނަށް މި ސީޒަނަށް ގެންދިޔަ ކުރީގެ ޑޯޓުމަންޑް ފޯވަޑް އާލިން ހާލަންޑަށް އެ ގްރޫޕްގައި ޑޯޓުމަންޑާ ސިޓީ ކުޅޭ މެޗު ހާއްސަވާނެއެވެ.
ގްރޫޕް އޭ: އަޔެކްސް، ލިވަޕޫލް، ނަޕޯލީ، ރޭންޖާން
ގްރޫޕް ބީ: ޕޯޓޯ، އެތުލެޓިކޯ މެޑްރިޑް، ބަޔާން ލެވަކޫސެން، ކްލަބު ބްރާގާ
ގްރޫޕް ސީ: ބަޔާން މިއުނިކް، ބާސެލޯނާ، އިންޓަ މިލާން، ވިކްޓޯރިއާ ޕްލޭޒެން
ގްރޫޕް ޑީ: އެންޓްރެޗް ފްރޭންކްފާޓް، ޓޮޓެންހަމް، ސްޕޯޓިން ލިސްބަން، މާސޭ
ގްރޫޕް އީ: އޭސީ މިލާން، ޗެލްސީ، ސާލްސްބާގު، ޑައިނަމޯ ޒަގްރެބް
ގްރޫޕް އެފް: ރެއާލް މެޑްރިޑް، އާރްބީ ލެއިޕްޒިގް، ޝަކްތާ ޑޮނިއެސްކް، ސެލްޓިކް
ގްރޫޕް ޖީ: މެންޗެސްޓާ ސިޓީ، ސެވިއްޔާ، ޑޯޓުމަންޑް، އެފްސީ ކޯޕަންހޭގަން
ގްރޫޕް އެޗް: ޕީއެސްޖީ، ޔުވެންޓަސް، ބެނިފީކާ، މަކާބީ ހައިފާ
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު