ކަންނެލި ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މިއަދަށް ތާވަލު ކުރި ޝަރީއަތް ތަރުޖަމާނަކު ހަމަނުޖެހިގެން ކެންސަލްކޮށްފި އެވެ.
ސަތޭކަ ތިރީސް ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދަައުވާކުރަނީ، މުހައްމަދު ރިޔާދު ބަންގަލަދޭޝް، އިގްބާލް، ބަންގަލަދޭޝް، އަސީލް މާހިރު، ގއ. ވިލިނގިލި، ދުންފިނިގެ، އަނަސް ހުސެއިން، ޅ. ހިންނަވަރު، ސެލް، އަހުމަދު މޫސާ، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޝަހީބް އިބްރާހީމް، ގއ. ވިލިގިލި، ވައިލެޓްވިލާ އަށެވެ.
އެމީހުންނަށް ދައުލަތުން ދައުވާކުރަނީ، ޑައިމޯފިން ޓްރެފިކްކުރި ކަމުގެކުށާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރިކަމުގެ ކުށުގެ ތުހުމަތުގެ ދައުވާ އެވެ. ދައުވާ ލިބޭ އެންމެންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރާ ބަންގަލަދޭޝް ދެ މީހުންނަށް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރާ ޝަހީބް އިބްރާހީމް ފުރަތަމަ ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުމާ ގުޅިގެން ފުލުހުން އޭރު ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލީ، އޭނާއަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުގައި ބަހައްޓަން އެކަށީގެންވާ ވަރަށް ހެކި ހުއްޓައި ކަމަށެވެ.
ޝަހީބު ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށާއި، ޝަހީބު ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު