މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިރޭގެ 22:00 އާ ހަމައަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.
އަދި އެއް ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާއިރު، 16 ފިހާރައަކަށާއި، ދެ ރެސްޓޯރެންޓުގެ އިތުރުން ދެ ކްލިނިކަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައިކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މީގެއިތުރުން، ސަރުކާރުގެ ހަތަރު އިމާރާތަކަށް ފެނުގެ އަސަރުކޮށްގެންވެސް ރިޕޯޓް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން، ފެނުގެ އަސަރުކޮށްގެން އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި ފެންވަނުން ހުއްޓުވުމަށްޓަކައި، ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިކަމަށް އެންޑީއޭމްއޭއިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އެހެންކަމުން ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކަށް ސަމާލުވެ ތިބުމަށް ވަނީ އިރުޝާދު ދީފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ކޮމެންޓް