ކޮވިޑު ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިން އަށް ލާފައި އޮތް ފަސް ރަށެއްގެ މޮނިޓަރިން އުވާލައިފި އެވެ.
ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ކ. ކާށިދޫ އާއި، ދ. ކުޑަހުވަދޫ އާއި، ހއ. އިހަވަންދޫ އާއި، ށ. ފީވަކު ގެ އިތުރުން ގދ. ގައްދޫ ގެ މޮނިޓަރިން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު މިހާރު ދަށްވެފައި ވީ ނަމަވެސް ބަލީގެ ނުރައްކާ ވަކި ކުޑައެއް ނޫނެވެ. މިހާތަނަށް ރާއްޖެއިން 200 އަށްވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފަ އެވެ.
ރާއްޖޭގެ 20 ރަށެއް މިވަގުތު ވެސް އޮތީ މޮނިޓަރިން އަށް ލައިފަ އެވެ. މިހާރު މޮނިޓަރިން އަށް ލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރިންގައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު