Close
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ

އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތުމާއީ ކޮމެޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ގެވެށި އަނިޔާގެ މައްސަލައެއް އުފުލާފައިވާ މައްސަލައިގައި، އީސަގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ފިރުޝާން އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.

މި ތިން މެންބަރުންނަކީ ވެސް އެ ކޮމިޓީގެ މެންބަރުންނެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ، ނައިބު މުގައްރިރު ފިރުޝާން އެވެ.

އީސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމަށްފަހު، އޭނަގެ އިތުބާރު އޮތްތޯ ބެލުމަށް ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުން، ވޯޓަށް އެއްސެވިއެވެ. ނަމަވެސް ވޯޓުގެ މަރުހަލާގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައްދަލުވުން ވަނީ ކުޑ ވަގުތުކޮޅަކަށް ހުއްޓިފައެވެ.

ތަފްސީލް އަންނަނީ