އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު، އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހާ ގުޅިގެން އެކުލަވާލުމަށްފަހު، ގެޒެޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް ފޮނުވާލައިފިއެވެ.
މި އުސޫލަކީ ޖަމިއްޔާތަކުން ހިންގާ އެކި އެކި މަޝްރޫއުތަކަށް ދައުލަތުން މާލީއެހީތެރިކަން ދިނުމަށް، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލެކެވެ.
މިނިސްޓްރީން މި އުސޫލު އެކުލަވާލައި، އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިލި އިރު، އެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އޭޖީ އޮފީހުން ވަނީ ކޮމެންޓްކޮށްފައެވެ.
އެހެންކަމުން މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި، އެ އުސޫލާބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު، ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމް ހުށަހަޅުއްވައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ތާއީދު ކުރައްވައިގެން ކޮމިޓީން މިއަދު ފާސްކުރީ، އެ އުސޫލަކީ އޭޖީ އޮފީހާ ގުޅިގެން ކަނޑައަޅަންޖެހޭ އުސޫލެއްކަމަށްވާތީ، އޭޖީ އޮފީހާ ގުޅިގެން އެއުސޫލު އެކުލަވާލައި ޖެސެޓް ކުރުމަށް، އެ އުސޫލު މިނިސްޓްރީއަށް ފޮނުވައިލުމަށެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް