އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިއްޔެ އާއްމު ކޮށްފައިވާއިރު، އެފަދަ ލިސްޓެއް ހަދައި އާންމު ކުރަންވާނީ އެންމެ ކުޑަމިނުން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކުރުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުން، ބޮޑު ހިޔާނާތުގެ ލިސްޓު އިއްޔެ އާއްމު ކުރީ، ހިޔާނާތް ބެލުން ލަސްވަމުންދާ މައްސަލަ ބެލުމަށް ފަހުގައެވެ.
އެ ލިސްޓު އިއްޔެ އާއްމު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އުޝާމް ވިދާޅުވީ، ބޮޑެތި ބާރު ތަކަކާއެކު އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލު ކުރެވިފަ ނެތުމަކީ ކޮމިޝަން ފެއިލްވުން ކަމަށެވެ.
އެސެޓް ރިކަވަރީން އެ މައްސަލަ ބަލައި އެކުލަވައިލި، ލިސްޓުގައި 281 މީހުން ވަނީ ހިމަނައިފައެވެ.
މަޖިލީހުގެ ކޮމިޓީން އެ ލިސްޓު އާއްމު ކުރުމާ ގުޅިގެން، އެ މައްސަލައިގައި ކޮމިޝަނުން ސުވާލު ކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނެއެވެ.
އަލީ އާޒިމް ވެސް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ތުހުމަތުކޮށް، އޭނާގެ ނަން ލިސްޓުގައި ހިމަނާފައިވާއިރު އެކަމާ ބެހޭ ގޮތުން ކޮމިޝަނުން އޭނާއާ ސުވާލެއް ވެސް ކޮށްލާފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް