ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް، އަލުން ކަނޑައެޅުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ އާއްމު ވޯޓެއް ނަގަން، ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، އެ ވޯޓު ނެގުމަށް މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާއިރު، އެއީ މަޖިލީހުން ފާސްކުރިއިރުވެސް ބާތިލު ގަރާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލި މާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުމަކީ ސީރިއަސް، އަދި ހައްސާސް މައްސަލައެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުންނާގުޅޭކަމެއްނޫން ކަމަށާއި އެއީ، ރައްޔިރުންގެ އަސާސީ ހައްގަކާގުޅޭ ކަމެއް ކަމަށާއި، ހުރިހާ ރައްތިުންގެ މަސްލަހަތާ ގުޅުންއޮތް، ދަރިންނާއި ދަރިންގެ ދައިންގެ މަސްލަހަތާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި އެކަން ކުރަންވާނީ ދުވަހުގެ ކޮޅުންވެސް ސުވާލު ނުކުރެވޭގޮތަށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރިގޮތާމެދު ސުވާލުތައް އެބަހުރި، ކަމަށެވެ. އެކަން ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، އެއީ އުފެދުމުގައިވެސް ބާތިލް ގަރާރެއް ކަމަށްވެސް ވިދާޅުވިއެވެ. އަވަސް އަރުވާލައިގެން އެއް ދުވަހުން އެ ގަރާރު މަޖިލީހުން ފާސްކޮށްފައިވާއިރު، އެކަން ކޮށްފައި ވަނީ މަޖިލީހުގެ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައި ގަރާރުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ގަރާރުތައްވެސް ދައުރުވާނީ، ބިލްތައް މަޖިލީހުގައި ދައުވާފަދައިން ކަމަށް އޮންނަ ކަމަށާއި، މަޖިލީހަށް ހުށަހެޅޭ ބިލުތައް ދައުރުވާގޮތަށް ބަލާއިރު، އެކަން ހިނގަނީ ފުރަތަމަކިއުން ކިޔައިފަ، ދެވަނަ ކިއުން ކިޔައިފަ، ކޮމިޓީއަކަށް ފޮނުވުމަށފަހު، ކޮމިޓީގަ ބަހުސްކޮށް، ކޮމިޓީ ރިޕޯޓަށް ކޮމެންޓް ކުރަން މެންބަރުންނަށް ތިންދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، އެ ރިޕޯޓު މަޖިލީހަށް ހުށަހަޅާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ނިޒާމީ ގަރާރު ކުރިއަށް ގެންގޮސްފައި ވަނީ އެ އުސޫލުން ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.
"އެދުވަހު ހެދުނު ބަހުސް ކުރުމަށްފަހު، ހޯލް ހައުސް ކޮމިޓީއަށް ފޮނުވައި ކޮމިޓީން ފާސްކުރުމަށްފަހު ކޮމެންޓް ކުރުމަށް މެންބަރުންނަކަށް ނުފޮނުވާ، 2:45 ގައި ރިޕޯޓު ފޮނުވުމަށްފަހު 3:00 ގައި ވޯޓަށް އަހައި ފާސްކުރީ،"
އުޝާމް ވިދާޅުވީ، އެ އިޖުރާއަތް ކުރެވޭގޮތްވެސް މަޖިލިސް ގަވާއިދުގައި އޮންނަ ކަމަށެވެ. އެކަމަށްޓަކައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރަންޖެހޭ ކަމަށާއި، ޕްރިސެސް ކުރު ކުރެވޭނީ އެ މަޝްވަރާގައި އެންމެން އެއްބަސް ވެގެން ކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
"އެއީ ކަނޑައެޅިގެން ގަވާއިދާ ހިލާފް ބާތިލް ގަރާރެއް، ބާތިލް ކަމެއްގެ މައްޗަށް ދެން ކުރާ ކޮންމެ ކަމެއް ބާތިލްވާނެ، އެކަންކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކާއެއްގޮތަށް،" އެހެންކަމުން އެ ގަރާރު އަނުރާ ގެންނަން ޖެހޭކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އެ ގަރާރު އަނބުރާ ގެނައުމަށް ގޮވާލައްވާކަމަށް އުޝާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު