ނުވަ ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.
ޖޭއެސްސީން އިއްޔެ ކުރި އިއުލާނެއްގައި ވާގޮތުން ނުވަ ރަށުގެ ތެރެއިން ފަސް ރަށަށް ހޯދަނީ މެޖިސްޓްރޭޓުންނެވެ. އަދި އަނެއް ހަތަރު ރަށަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ އިސްމެޖިސްޓްރޭޓުންނެވެ.
އެގޮތުން މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފައިވަނީ، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި، ވ. ފުލިދޫގެ އިތުރުން ޏ. ފުވައްމުލަކަށެވެ. އިސްމެޖިސްޓްރޭޓުން ހޯދަނީ، ވ. ކެޔޮދޫ، ފ. ފީއަލީ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާއަށެވެ.
މެޖިސްޓްރޭޓެއްގެ މުސާރައަކީ 18،850ރ އެވެ. އަދި އިސްމެޖިސްޓްރޭޓެއްގެ މުސާރައަކީ 21.000ރ އެވެ. މެޖިސްޓްރޭޓުންނާއި އިސްމެޖިސްޓްރޭޓުންގެ ލިވިންގ އެލަވަންސްގެ ގޮތުގައި 4،000ރ ލިބޭއިރު، ރިސްކް އެލަަވަންސްގެ ގޮތުގައި 600ރ ލިބެ އެވެ.
ތައުލީމާއި ތަޖުރިބާގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވެސް ވާންވާނެ އެވެ.
މެޖިސްޓްރޭޓްގެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ 13:00 އިރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު