އެސްޓީއޯގެ ދަށުން ހިންގަމުން އައި ފާމަސީތަކުގެ ހިންގުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން" (ސްޓޭޓް ފާމާ) އަށް ބަދަލުކުރުމުގެ މަސައްކަތަށް، އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކެއް ތިން ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ ފާމަސީތަކުގެ އިންވެންޓްރީ ކައުންޓް ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި މުއްދަތުގައި އެސްޓީއޯގެ ފާމަސީތައް ބަންދުވި ނަމަވެސް، ކޮންމެހެން ބޭނުންވާ ކުއްލި ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމުތައް ފަހިކޮށްދީފައިވާނެކަމަށް އެސްޓީއޯއިން ބުންޏެވެ.