ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އދ.ގެ ޕަބްލިކް ސާވިސް ޑޭ ނުވަތަ ދައުލަތުގެ ހިދުމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހިދުމަތްތެރިންނަކީ ގައުމުގެ ސަލާމަތާއި، މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތައް ކަމަށެވެ.
ރައީސް ވިދާޅުވީ އެފަރާތްތަކުން ވަރުބަލިކަމެއް ނެތި ކުރާ އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.
ރައްޔިތުން ބަލައިގަންނަ ފަދަ ނަޒާހަތްތެރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ލާބަޔާއި ފާގަތިކަމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ހިދުމަތްތެރިން ކުރާ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް