އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން އިމާރާތް) ގައި އިދިކޮޅު ޕީޕީއެމް އާއި ޕިއެންސީން މުޒާހަރާ ކުރަން ފަށައިފިއެވެ.
ޕީޕީއެމް ޕީއެންސީން މުޒާހަރާ ކުރަމުންދާއިރު އެ ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲ އެބަހުންނެވިއެވެ. އޭގެ އިތުރުން މާލޭ ސިޓީއަށް އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމް ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އަބްދުއްރަހީމް އަބުދުﷲ ވެސް އެތަނުގައި އެބަ ހުންނެވިއެވެ.
އެކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްޑީޕީގެ ގިނަ އަދެއްގެ ސަޕޯޓަރުންވެސް އެ ސަރަހައްދަށް ވަނީ އެއްވެފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އެސަރަހައްދަށް އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަކަށް ދާ ހިސާބަށް ދިއުމުން މަޖިލިސް ރައީސާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އާއި، އެމްޑީޕީގެ ޗެއާޕާސަންް ހަސަން ލަތީފާއި، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝީފާޒާއި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކު އަހުމަދު ޝާހިދު (ސާބެ) ވަނީ އެ ސަރަހައްދުން ވަޑައިގެންފައެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ އެސަރަހައްދުގައި އަދިވެސް އެބަ ހުންނެވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ މައި މަރުކަޒު ކައިރިއަށް ގިނަ ބަޔަކު އެއްވެފައި މިވަނީ، ބައެއް ވޯޓު ފޮށިތައް އިލެކްޝަނުން އަލުން ގުނަން ހަމަޖެހިފައި ވަނިކޮށް، އެތަނަށް އެއްވެ އިދިކޮޅު ފަރާތްތަކުން މުޒާކުރަން ފެށުމާ ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު