ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސަތާރާ ވާދަކޮށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެން، މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އދި އެމްޑީޕީގެ މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު އަށް މަރުހަމާ ވިދާޅުވެ މީގެ ކުޑަ އިރުކޮޅެއް ކުރިން މަޖިލިސް ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ހޮވުނު ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
މާލޭގެ ކަންކަން ހައްލު ކުރުމުގައި ޑރ. މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން "އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން،،" ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީ ހޯދި ކާމިޔާމީ ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ގެ ޓުވީޓުގައި ވިދާޅުވީ، ލޯކަލް ކައުންސިލްގައި އެމްޑީޕީ ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އެމްޑީޕީ ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ އަގުލަބިއްޔަތު ހޯދާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް