އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތައް ސާފުކޮށް އެނގޭއިރުވެސް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެފަރާތްތަކަށް، ދައުވާ ކުރަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މަޖިލިސް ޖަލްސާގައި މިއަދު ކުރިއަށްދާ ބަހުސްގައި، ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ތަހުގީގީ އިދާރާތަކުން ނުކުޅެދިފައިވާ ކަމަށް ވިދާޅު ވެ މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމައެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރުވެސް، އޭސީސީ އާއި ފުލުހުންނާއި، ޕީޖީވެސް އެ ފަރާތްތަކަށް ދައުވާ ނުއުފުއްލަވައި، ތިއްބަވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ އެ މަނިކުފާނުވެސް ވަރަށް ބޮޑަށް ހުއްޓުން އަރާކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ބޮޑު ހިޔާނާތުގެ މައްސަލައިގައި އެ ފަރާތްތަކުން އެގޮތަށް ކަންތައް ކުރަމުން އަންނައިރު، އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ހަރަދު ކުރެއްވި ފައިސާގެ ތެރެއިން ދައުލަތަށް ދެއްވުމަށް އޭސީސީން އެމަނިކުފާނަށް އެންގެވި 444 ރުފިޔާގެ މައްސަލައިގައި އޭސީސީން ބޮޑު ތަހުގީގެއް ކޮށްފައިވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުގެ ކަންބޮޑުވުމާ ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަތަކާ ބެހޭ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ކޮށްފައިވާ 70،000 ޓެކްސްޓް އެމަނިކުފާނު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަދީބުގެ ފޯނާއި، އޭނާގެ ގާތް ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް