ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް އައިސް، ދިވެހިން މިހާރު މި ތިބީ ޑިކްލައިންއެއްގައި (އަދަދުތައް ދަށަށް ދިއުމުގެ މަގުމަތީގައި) ކަމަށް، ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ސުވާލު ކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޮވިޑް 19 ގެ ކޭސްތައް ދަށް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮވިޑް ކޭސްތައް ދަށްކުރުމުގައި ރާއްޖޭގައި ބަލާ މިންގަޑުތަކަކީ ވެސް ބައިނަލްއަގުވާމީގޮތުން ބަލާ މިންގަނޑުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ހާލަތު ޖޫން މަހު އުވާލިއިރު ފެންނަމުން ދިޔަ ކޭސްތަކުގެ އަދަދުތައް ހުރީ އެވްރެޖު 40 ގައި ކަމަށެވެ.
ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅެއް އައިސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވިކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ކޮވިޑް 19 ގެ ކޭސްތައް މަދު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ލޮކްޑައުންގެ ހާލަތު ޖޫން މަހު އުވާލިއިރު ފެންނަމުން ދިޔަ ކޭސްތަކުގެ އަދަދުތަކާ އެއްވަރަށް ކޮވިޑް ކޭސްތައް ތިރިކުރުމަށް ދޮޅުމަސް ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮވިޑްގެ އިތުރު ރާޅެއް ކުރިމަތި ނުވެއްޖެ ނަމަ، ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރިޕްރޮޑަކްޝަން ނަމްބަރު ހުރީ ޖަސްޓް ބިލޯ ވަންގައި، އަޅުގަނޑުމެންގެ ކޭސްޕާ 10،000 އަށް ހުރިއިރު، 140 އެއީ ވިތިން ޕީރިއަޑް އޮފް 14 ދުވަހުގެ ތެރޭގައި ބަލާކަމަށް ވަންޏާ އަޅުގަނޑުމެން ޖެހެނީ، ޖޫންމަހުގެ ތެރޭގައި އަޅުގަނޑުމެން ލޮކްޑައުން ލިފްޓު ކުރިއިރު އަޅުގަނޑުމެން ތިބީ ގާތްގަނޑަކަށް 40 ކޭސް ޕާޑޭ، 10،000 އަށް ބަލައިފި ކަމަށްވަންޏާ އަޅުގަނޑުމެން އަދި މިތިބީ 140 ގައި ދެން މިއީ ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް ކޮވިޑްގެ ހާލަތު ދެނެގަތުމަށް ގެންގުޅޭ މެޝަސްތަކުގެ ތެރެއިން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް