ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، ރިޔާސީ އިތުރު ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ ފޮއި ދުވަހަކުން ނެރޭ އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
އެ ލިޔުއްވުމުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެމްޑީޕީން ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމް ކަމަށް ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެހެން ނަމަވެސް އެއީ އަދި ފަހުގެ ވާހަކައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު އެމަނިކުފާނު "މިފާހަގަ ކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅުން ހުރި ވާހަކައެއް ނޫން،" ކަމަށެވެ. ނަމަވެސް އެއީ ކޮން ކޮރަޕްޝަނެއްގެ ވާހަކަ ކަމެއް ލިޔުއްވާފައެއް ނުވެއެވެ.
"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަން، މިހާރުވެސް ކުރަން ހުރި ކަންތައް މަދީއެއް ނޫން، މީހާއާ ދިމާވެފައިވާ މައްސަލަތައްވެސް ގިނަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ވިދާޅުވާ ވާހަކަފުޅަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަމާޒު ނުގެއްލުމުން ކަމަށާއި ބޭނުމަކީ ކޮންމެ މީހެއްގެވެސް ޖީބަށް ވަންނަވަރު އިތުރުވުން ކަމަށްވެސް ވިދާޅުވިއެވެ.
"ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅޭ މީހެކޭ ބުނެ ކޮންމެ ދިވެއްސަކަށް ވެސް ހަމަ އިސްކޮޅަށް ދެމިލެވުން، ތަރައްގީއަކީ ވެސް އެމަގުން ލިބޭ އެއްޗެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު