އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 2:30 ގައި ފަށައިފިއެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 50,176 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމައެކަނި ސްރީ ލަންކާގައެވެ.

އެމްޑީޕީން ނިންމާފައިވަނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.